Friday, May 24, 2013

Chilli Fish

ޗިލީ ފިޝް





ބޭނުންވާ ތަކެތި

)2 ގަނޑު ރޯމަސް ( 1 އިންޗިއަށް ކޮށާފައި
)4 ކެޕްސިކަމް ( ކަރުނަގާ ކޮށާފައި
)3 ފިޔާ ( ބޮޑެތިކޮށް ކޮށާފައި
)1 ސައިސަމުސާ ލޮނުމެދު ( ޗިސްކޮށްފައި ހުރި
)1 ސައިސަމުސާ އިނގުރު ( ޗިސްކޮށްފައި ހުރި
4
ހިކި މިރުސް ބުރި ބުރިކޮށް ކޮށްފައި
1
ސައި ސަމުސާ އަޖިނަމޮޓޯ
)1 ފަޅި ބެލް ޕެޕަރ ގެ ރަތް ކުލަ ( ބޮޑެތިކޮށް ކޮށާފައި
1
މޭޒުމަތީ ސަމުސާ ކޯން ފްލަރ
2
ބިސް
1
މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
3
ފެހި ތޮޅި މިރުސް ފަޅި ފަޅިކޮށްފައި ހުރި
2/1
ސައި ސަމުސާ މުގުރި އަސޭމިރުސް
2/1
ސައި ސަމުސާ ޗިލީ ސޯސް
2/1
ޖޯޑު ޓޮމާޓޯ ސޯސް
ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް

ބިސް ގިރާފައި ކޯންފްލަރ، ސޯޔާ ސޯސް،ލޮނު، އަސޭމިރުސް،އެއްކޮށްފައި މަހުގައި ހާކާފައި ބަހައްޓާށެވެ. ދެން ތެއްޔަކަށް ތެޔޮ އަޅާލާފައި އުނދުންމައްޗަށް އުދާލުމަށްފަހު ތެޔޮ ކެކިގަތުމުން މަސްއަޅާފައި އެތެރެ މަޑުކޮށް ބޭރަށް މަޑު މުށި ކުލަ އެއް އަރާވަރަށް ތެލުލާފައި ބަހައްޓާށެވެ. އެހެން ތަވައެއް އުނދުން މައްޗަށް އުދާލުމަށްފަހު ކުޑަ ތެޔޮ ފޮދެއް އަޅާލާފައި ތެޔޮފޮދު ހޫނުވީމާ ފިޔާ ކެޕްސިކަމް .މިރުސް ހިކިމިރުސް،އަޅާފައި މޯޅިވީމާ މަސް ފިޔަވައި ބާކީ ތަކެތި އެއްކޮށްފައި ރޯފިލުމުން މަސްވެސް އަޅާފައި ރަހަހިފީމާ އުނދުން މަތިން ބާލާށެވެ

vegetable biryani

ތަރުކާރީ ބިރިޔާނި



ބޭނުންވާ ތަކެތި

2 ޖޯޑު ބާސްމަތީ ހަނޑޫ
3 ފިޔާ ( ކުދިކޮށް ކޮށާފައި )
1 ކޯލީ ފްލާވާރ ( ވަކިކޮށްފައި )
1 ޖޯޑު ގްރީން ޕީސް
2 އަލުވި ( ކުދިކޮށްކޮށާފައި )
8 ބީންސް ( 2 އިންޗިވަރަށް ކޮށާފައި )
2 ކެރެޓް ( ކުދިކޮށް ކޮށާފައި )
ރަހަލާ ވަރަށް ލޮނު
2 ކާފޫރުތޮޅި
2 ކަރަންފޫ
2 މޭޒުމަތީ ސަމްސާ ގިތެޔޮ
2/1 މޭޒުމަތީ ސަމްސާ ރީނދޫ
އިނގުރު ކޮޅެއް
3 ލޮނުމެދު
6 ރޯމިރުސް

ތައްޔާރުކުރާނޭގޮތް

ލޮނުމެދު، ރޯމިރުސް އަދި އިނގުރުކޮޅު އެއްކޮށް ހިމުންކޮށް ފުޑާލާށެވެ. ގިތެޔޮފޮދުގައި ކާފޫރުތޮޅިއާއި ކަރަންފޫކޮޅު މީރުކޮށްލާށެވެ.
ދެން އޭގެތެރެއަށް ފިޔާކޮޅުވެސް އަޅާލާށެވެ. އަދި ފިޔާކޮޅު ކުޑަކޮށް ރަތްވެލަންދެން މީރުކޮށްލާށެވެ. ފުޑާފައި ހުރި ލޮނުމެދު، ރޯމިރުސް އަދި އިނގުރުކޮޅު ފިޔާކޮޅުގެ ތެރެއަށްއަޅާލުމަށްފަހު މިތަކެތި ތެޔޮފޮދާއި ވަކިވަންދެން މީރުކުރާށެވެ. އެއަށްފަހު ހަނޑޫ، ތަރުކާރީ، މުގު، ގްރީންޕީސް، ރީނދޫ އަދި ލޮނު އަޅާ ރަގަޅަށް އެއްކޮށްލާށެވެ. ދެން ތަރުކާރީ އާއި ހަނޑޫ މަޑުވާވަރަށް ފެން އެޅުމަށްފަހު ބަތްއެތި ހިދެންދެން ކައްކާށެވެ. ތައްޓަށް އެޅުމުގެ ކުރިން ބަތް އެއްޗާއި އެއްކޮށްލާށެވެ.