Wednesday, May 22, 2013

Tandoori Chicken

ތަންދޫރީ ކުކުޅު

ބޭނުންވާނެ ތަކެތި

500
ގ ކުކުޅު (ކަށި ނެތް)
2
   މޭޒުމަތީ ސަމުސާ ތަންދޫރީ ޕޭސްޓަ
2
   ލޮނުމެދު (ޗަސް ކޮށްފައި)
2
   މޭޒުމަތީ ސަމުސާ ލުނބޯ ހުތް
11/2
  ސައި ސަމުސާ ގަރަމް މަސާލާ
1 1/2
   ޖޯޑުޕްލައިން ޔޯގަޓު

ހައްދަވާނެ ގޮތް

ހުރިހާ ތަކެތި ބޯތައްޓެއްގައި ރަނގަޅަށް އެއްކޮށްލެއްވުމަށް ފަހު ކުކުޅުގައި އުނގުޅާލައްވާށެވެ. (ކުކުޅުގެ ހުރިހާ ހިސާބެއްގައި އެއްވަރަށް އުނގުޅުމަށް ސަމާލުކަން ދެއްވާ)    ބޯތަށި މަތިން ރަބަރު އެޅުމަށްފަހު އައިސް އަލަމާރިއަށް ލައްވާށެވެ. މެރިނޭޓް ކުރުމައް މަދުވެގެން 1 ގަޑި އިރު ވަންދެން އަލަމާރީގައި ބަހައްޓަވާށެވެ.  ބާބެކިއު ގްރިލްގައި ނުވަތަ އާދައިގެ ގްރިލްގައި މެދުމިނެއްގެ ހޫނުގައި ކުކުޅު ރޯފިލަންދެން ގްރިލް ކުރައްވާ ނުވަތަ 180 ޑިގްރީގައި 30 – 40 މިނެޓް ވަންދެން އަވަނުގައި ފިހެލައްވާށެވެ.


No comments:

Post a Comment