Wednesday, May 22, 2013

Club Sandwich

ކްލަބް ސޭންޑްވިޗް

 
ބޭނުންވާ ތަކެތި

12 ފޮތި
1 ދަޅު މަސް
4 ފޮތި ކިޔުކަމްބާ
4 ފޮތި ޓޮމާޓޯ
4 ފޮތި ސްލައިސް ޗީޒް
2 ލެޓިއުސް ފަތް
3 ބިސް
1 ފިޔާ ( ވ ކުދިކޮށް ކޮށާފައި )
1 މިރުސް ( ވ ކުދިކޮށް ކޮށާފައި )
މެޔޮނައިޒް
1 ސައިސަމްސާ އަސޭމިރުސް
ލޮނު
ބަޓަރު

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ލޮނު ލައިގެން 3 ބިސް ގިރާލާފައި ބިސްގަނޑު ( 1 ބިސްގަނޑު ) އަޅާގޮތަށް އަޅާލާށެވެ. ބިސްގަނޑު ހަތަރުފަޅިއަށް ފަޅާލާފައި ބަހައްޓާށެވެ. ފިޔާ، ލޮނު އަދި އަސޭމިރުސް އަޅައިގެން މޮޑެލުމަށްފަހު މަސް އަދި މެޔޮނައިޒް އަޅައިގެން މޮޑެލާށެވެ. ޕާންފޮތިތަށް ކުޑަކޮށް ޓޯސްޓް ކޮށްފައި ތުނިކޮށް ބަޓަރު ހާކާލާށެވެ.  އެއްޕާން ފޮތި މަތީގައި މަސްފަތުރާފައި ލެޓިއުސްފަތް ކޮޅެއްބާއްވާފައި ޗީޒްފޮތި ބާއްވާފައި ޕާން ފޮއްޗެއް ބާއްވާށެވެ. ދެން މި ޕާންފޮތި މަތީގައި ބިސް ކޮޅެއްބާއްވާއި ކިޔުކަމްބާ ފޮއްޗަކާއި ޓޮމާޓޯ ފޮއްޗެއް ބާއްވާފައި ޕާން ފޮއްޗެއް ބާއްވާށެވެ. ( ކޮންމެ ކްލަބް ސޭންޑްވިޗް އެއްގައި އިންނާނީ 3 ފޮތި ޕާން ) ކޮންމެ ސޭންޑްވިޗް އެއް ހަތަރު ބަޔަށް ކަފާލުމަށް ފަހު ޓޫތް ޕިކް އަކުން ހަރުކޮށްލާށެވެ. މި ގޮތައް ބާކީ ހުރި ސޭންޑްވިޗް ތައްވެސް ތައްޔާރު ކޮށްލާށެވެ.

No comments:

Post a Comment